Wednesday, November 18, 2015

އީ-ލާނިންގ ނުވަތަ އޮންލައިންކޮށް ހިލޭ ނުވަތަ ކުޑަ އަގެއްގައި އުގެނުމުގެ ފުރުޞަތުތަކާއި އެފަދަ ބައެއް ސައިޓްތައް

ލިޔުނީ: އިލްޔާސް ޝުޖާޢު (151617)

ފެށުން:
ދުރުން ދޭ ތައުލީމު ފެށުނުތާ ގާތްގަނޑަކަށް 2 ގަރުނުވެއްޖެއެވެ. މި ދެ ގަރުނުގެ ތެރޭގައި ދުރުން ދޭ ތައުލީމު ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އައި ގޮތްތަކާއި ވަޞީލަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިގޮތުން އެންމެ ބޮޑު ބަދަލެއް އައީ އިންޓަނެޓުގެ ޒަރީއާއިން މުއާސަލާތުކުރަން ފެށުމުންނެވެ. އިންޓަނެޓުގެ ވަސީލަތާއެކު 1980ގެ އަހަރުތަކުގެ ތެރޭގައި އޮންލައިން ލާނިންގ ނުވަތަ އޮންލައިންކޮށް އުނގެނުން ތައާރަފުވުމާއެކު ދުރުން ދޭ ތައުލީމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އީ-ލާނިންގއަކީ އޮންލައިން ލާނިންއަށް ބޭނުން ކުރާ އެހެން ނަމެކެވެ.

Tuesday, November 17, 2015

ޒަމާނީ ކްލާސްރޫމް ޓެކްނޮލޮޖީތައް


ލިޔުނީ: މަރިޔަމް ޝާދިން

            ބަދަލުވަމުން މިދާ ދުނިޔޭގައި މިހާރު ހިނގަމުން މިދާ ކަންކަން މިދަނީ ދުވަހެއް ދުވަހަކަށް ތަރައްޤީވެ ކުރިއަރަމުންނެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ފަސޭހަވެ ވަގުތު ސަލާމަތްވަމުންނެވެ. އާންމު ދިރިއުޅުމުގެ ކަންކަމާއި، ވަޒީފާ ނުވަތަ    މަސައްކަތް ކުރާ ދާއިރާވެސް މިދަނީ ކުރިއަރާ ފަސޭހަވަމުންނެވެ. ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ބަވަނަވަމުން މިދާ ދުނިޔެއަށް އަންނަނީ އިތުރަށް ތަރައްޤީވެ ހައްޓަށް ފަސޭހަވަމުންނެވެ. އަޅުގަނޑު ބަލާލާނީ މިހާރު އެންމެ ހަލުވިކަމާއި އެކު ކުރިއަރަމުން މިދާ ޒަމާނީ ސްކޫލް ކްލާސްރޫމް އަދި ޓކެނޮލޮޖީއަށެވެ.

Learning management system

Author: Aishath Fazeena












Definition.
A learning management system is a software application for the administration, documentation, tracking, reporting and delivery of electronic educational technology. This is also called e-learning.[1] 
The Learning Management System range from systems for managing training and educational records to