ދުރުން ދޭ ތައުލީމު ފެށުނުތާ ގާތްގަނޑަކަށް 2
ގަރުނުވެއްޖެއެވެ. މި ދެ ގަރުނުގެ ތެރޭގައި ދުރުން ދޭ ތައުލީމު ފޯރުކޮށްދިނުމަށް
ބޭނުން ކުރަމުން އައި ގޮތްތަކާއި ވަޞީލަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް
އައިސްފައެވެ. މިގޮތުން އެންމެ ބޮޑު ބަދަލެއް އައީ އިންޓަނެޓުގެ ޒަރީއާއިން
މުއާސަލާތުކުރަން ފެށުމުންނެވެ. އިންޓަނެޓުގެ ވަސީލަތާއެކު 1980ގެ އަހަރުތަކުގެ
ތެރޭގައި އޮންލައިން ލާނިންގ ނުވަތަ އޮންލައިންކޮށް އުނގެނުން ތައާރަފުވުމާއެކު
ދުރުން ދޭ ތައުލީމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އީ-ލާނިންގއަކީ
އޮންލައިން ލާނިންއަށް ބޭނުން ކުރާ އެހެން ނަމެކެވެ.
އީ-ލާނިންގެ މި އިސްތިލާހު އުފެދުނު ތާރީޚެއް ސީދާ އެނގޭކަށް ނެތެވެ. ބޮޑަށް ބެލެވެނީ 1980ގެ އަހަރުތަކުގައި އޮންލައިން ލާނިންގ ތައާރަފުވުމާއެކުގައިހެން ބޭނުންކުރަން ފެށުނު ލަފުޒެއް ކަމަށެވެ. މި އިންގިލާބީ ބަދަލުތަކާއެކު އުނގެނުމާއި އުނގަންނައިދިނުމަށް ތަފާތު އެޕްލިކޭޝަންތައް އުފައްދަން ފެށިއެވެ. މިގޮތުން އެންމެ ފުރަތަމަ އުފެއްދި އެޑިޔުކޭޝަނަލް އެޕްލިކޭޝަނަކީ ފްލައިޓް ސިމިއުލޭޓަރއެވެ.<1>
އީ-ލާނިންގެ މި އިސްތިލާހު އުފެދުނު ތާރީޚެއް ސީދާ އެނގޭކަށް ނެތެވެ. ބޮޑަށް ބެލެވެނީ 1980ގެ އަހަރުތަކުގައި އޮންލައިން ލާނިންގ ތައާރަފުވުމާއެކުގައިހެން ބޭނުންކުރަން ފެށުނު ލަފުޒެއް ކަމަށެވެ. މި އިންގިލާބީ ބަދަލުތަކާއެކު އުނގެނުމާއި އުނގަންނައިދިނުމަށް ތަފާތު އެޕްލިކޭޝަންތައް އުފައްދަން ފެށިއެވެ. މިގޮތުން އެންމެ ފުރަތަމަ އުފެއްދި އެޑިޔުކޭޝަނަލް އެޕްލިކޭޝަނަކީ ފްލައިޓް ސިމިއުލޭޓަރއެވެ.<1>
ޚާން އެކަޑެމީ:
ޚާން އެކަޑެމީއަކީ ހިލޭސާބަހަށް ހިންގާ އޮންލައިން
ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ފްރީ ލައިބްރަރީގެ ޚިދުމަތް ލިބެއެވެ. މިގޮތުން
"މައިކްރީ ލެކްޓަރސް"ތައް ލިބެން ހުރެއެވެ. މި ވެބްސައިޓުން، ތަފާތު
މާއްދާތަކުގެ ފިލާވަޅުތަކާ ގުޅޭ ވީޑިއޯއާއި ލިޔުންތައް ލިބެން ހުރެއެވެ.
އޭގެތެރޭގައި މެތެމެޓިކްސްއާއި ސައިންސް، އިކޮނޮމިކްސް، ހިއުމޭނިޓީސްއާއި،
ކޮންމެވެސް ވަރަކަށް ކޮމްޕިއުޓަރ ޕްރޮގްރާމިންނާ ގުޅޭ ފިލާވަޅުތައް ވެސް
ހިމެނެއެވެ. މި ސައިޓަކީ، އެކި މާއްދާތަކާ ގުޅޭ މަތީ ކޯސްތައް ހެދުމަށް
ޝައުގުވެރިވާ ފަރާތްތަކުން ފަށައިގަންނަން ވަރަށް ރަނގަޅު ސައިޓެކެވެ.
ކޯޑެކަޑެމީ:
މިއީ ތަފާތު ޕްރޮގްރާމްތައް ލިޔުމުގައި ބޭނުންކުރާ
ކޯޑްތައް ލިޔަން ދަސްކޮށް ދިނުމަށް ޚާއްޞަކޮށްފައިވާ އެޕްލިކޭޝަނެކެވެ. ކުރިން މި
ޕްލެޓްފޯމް ހިންގީ އެމެރިކާގެ ރިޔާސީ ގަނޑުވަރު "ވައިޓް ހައުސްގެ"
އެހީއާ އެކުގައެވެ. މިއީ ވެސް ހިލޭ އުނގެނުމުގެ ފުރުސަތު ފަހިކޮށްދޭ
އެޕްލިކޭޝަނެކެވެ. މި ޕްލެޓްފޯމުގައި، އުނގެނުން އަލުވިކޮށްދިނުމުގެ ގޮތުން
ގްރޫޕްތަކުގައި، ވާދަވެރިކޮށް އުނގެނުމުގެ މަގު ފަހިކޮށްދެއެވެ. މި ޕްލެޓްފޯމުގައި
ކޯޑިންގެ ތަފާތު ލޭންގުއޭޖްތަކުގެ ކޯސްތައް ހެދުމުގެ ފުރުސަތު ލިބެއެވެ.
އޭގެތެރޭގައި ޕީއެޗްޕީއާއި ޕައިތޯން އެންޑް ރުބީ ހިމެނެއެވެ. މި ކޯސްތައް ހަދާ
ކުދިންނަށް، ކޯހުގެ ފަހު މަރުހަލާގައި ޕްރޮޖެކްޓެއް ޑިސައިން ކުރަން ދެއެވެ.
ކޯސެރާ:
ކޯސެރާ.އޯރގް އަކީ އެމެރިކާގެ ކުރީސަފުގެ
ޔުނިވަރސިޓީތަކާއި ދުނިޔޭގެ އެތައް ޔުނިވަރސިޓީތަކަކާ ގުޅިގެން ހިންގާ
ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ތަފާތު މާއްދާތަކުން އެތައް ކޯސްތަކެއް
އޮންލައިންކޮށް ހެދުމުގެ ފުރުސަތު ފަހިކޮށްދެއެވެ. ކޯސްމިތަނުން ހިންގާ ކޯސްތަކުގެ
މުގައްރަރާއި ކޯހަށް ދޭން ޖެހޭ ފައިސާގެ މިންވަރު، ކޯސްތަކާ ބެހޭ ލިޔުންތަކާއެކު
ފޯރުކޮށްދެއެވެ. ހަފުތާއަކު ކިޔަވަން ޖެހޭ ގަޑީގެ އަދަދުވެސް ބަޔާންކޮށްފައި
އޮވެއެވެ. މީގެ ބައެއް ކޯސްތަކަކީ މުޅިން ހިލޭ ހެދޭ ކޯސްތަކެވެ. އަނެއްބައި
ކޯސްތަކަކީ މުޅިން ހިލޭ ހެދޭ ކޯސްތަކަކަށް ނުވިޔަސް ކުޑަ އަގެއްގައި މި ކޯސްތައް
ހެދުމުގެ ފުރުސަތު ލިބެއެވެ. އަދި ކޯސް ނިމުމުން ސެޓިފިކޭޓު ވެސް ދެއެވެ.
ލިންޑާ.ކޮމް
ލިންޑާއަކީ ވީޑިއޯ ޓިއުޓޯރިއަލްތައް ފޯރުކޮށްދޭ
އޮންލައިން އެޑިޔުކޭޝަނަލް ޕްލެޓްފޯމެކެވެ. މިއީ ވިޝުއަލް ލާނަރސްއަށް ވަރަށް
ރަނގަޅު ޕްލެޓްފޯމެކެވެ. މަހަކު 25 ޑޮލަރަށް މެންބަރޝިޕް ހައްދައިގެން، އެކި
މާއްދާތަކާ ގުޅޭ އަށްޑިހަ ހާހަށް ވުރެ ގިނަ ވީޑިއޯ ޓިއުޓޯރިއަލްތައް ބަލައިލުމުގެ
ފުރުސަތު ލިއްބައިދެއެވެ.
އެޑްމޯޑޯ:
އެޑްމޯޑޯއަކީ ވެސް އޮންލައިންކޮށް ކިޔެވުމުގެ
ފުރުސަތު ފަހިކޮށްދޭ އެޕްލިކޭޝަނެކެވެ. މިޕްލެޓްފޯމަށް ވަދެ، ރަޖިސްޓްވެގެން
ކޯސްތައް ހެދުމުގެ ފުރުސަތު އޮވެއެވެ. ބޮޑަށް އަމާޒުކޮށްފައިވަނީ ގްރޭޑް
ކުލާސްތަކާއި، ހައިސްކޫލު ކުލާސްތަކަށެވެ. ދަރިވަރެއްގެ ގޮތުގައި ނުވަތަ
ޓީޗަރެއްގެ ގޮތުގައި ވެސް ރެޖިސްޓަރ ވެވިދާނެއެވެ. ޓީޗަރެއްގެ ގޮތުގައި ރެޖިސްޓަރ
ވެފައި، ކުލާސް ގްރޫޕެއް ހަދައިގެން، ގްރޫޕް ކޯޑް ހިއްސާކޮށްގެން އަމިއްލަ ކުލާސް
ގްރޫޕެއް ހެދިދާނެއެވެ. މީގެ އިތުރުން އެކިއެކި ރިސޯސްތަކާއި ލައިބްރަރީގެ
ޚިދުމަތް ވެސް ލިބިދެއެވެ. އަދި އެޑްމޯޑޯގެ ފަރާތުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރއިންނިންފަދަ
ތަމްރީނުތައް ފޯރުކޮށްދެއެވެ.
ޖެނެރަލް އެސެމްބްލީ:
ޖެނެރަލް އެސެމްބްލީއަކީ ބިޒިނަސްއާއި،
ޑިޒައިންކުރުމާއި ޓެކްނޮލޮޖީއަށް އަމާޒުކޮށް ކޯސްތައް ހިންގާ އޮންލައިން
ޕްލެޓްފޯމެކެވެ. އެމެރިކާގެ ނިއުޔޯކުގައި މައިމަރުކަޒު ހުންނައިރު ދުނިޔޭގެ އެކި
ހިސާބުތަކުގައި ބާރަވަރަކަށް ކެމްޕަސް ހުރެއެވެ. އޮންލައިން ކޯސްތަކާއި، މަސްހުނި
ކޯސްތައް (އޮންލައިން އަދި އިންޕަރސަން) ވެސް ހިންގައެވެ. މީގެ އިތުރުން
ލެކްޗަރާއާއި ދަރިވަރުންނަށް ސުވާލާ ޖަވާބު ހުށަހެޅޭ ގޮތަށް މަޝްހޫރު ތަގުރީތުތައް
ލައިވްސްޓްރީމް ކުރެއެވެ.
ވަކިވަކި
މާއްދާތަކަށް ޚާއްޞަ ތައުލީމީ ސޮފްޓްވެއަރތައް:
(މި ސޮފްޓްވެއަރތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ ލިންކުތަކަށް ފިއްތާލައްވާ)
އެނަޓޮމީ:
- ތްރީޑީ އިންޑިއާނާ
- ބޮޑީވާރކްސް ވޮޔޭޖަރ – މިޝަން އިން
އެނޮޓަމީ
- ޕްރިމަލް ޕިކްޗަރސް
- ވިސިބަލް ހިއުމަން ޕްރޮޖެކްޓް
ކެމިސްޓްރީ:
- އަކިއޮން – ވޯޓަރ ކެމިސްޓްރީއަށް....
ކުޑަކުދިންނަށް
ޚާއްޞަ ސޮފްޓްވެއަރ:
- ކްލޫ ފައިންޑަރ
- ޑެލްޓާ ޑްރޯވިންގް
- ފަން ސްކޫލު
ޑިކްޝަނަރީސް
އެންޑް ރެފަރެންސް:

މި ލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތައް ވަރަށް ބޭނުންތެރި، އެކަމް ސުރުހީ ގުޅުން ކުޑަކަން ފާހަގަކުރެވޭ
ReplyDeleteޝުކުރަން. އަސްލު ނުބައި ސުރުޚީއެއް ލިޔެވިފައި އޮތީ... މިހާރު އިސްލާހުކޮށްފިން.
Deleteބުލޮގު ފަރުމާކޮށްފައިވާލެއް ވަރައް ފުރިހަމަ އަދި އެހާމެ ރިތިއަދި ލިޔުންވެސް ވަރައް ރަނގާޅުކަން ފާހަގަ ކުރަން.
ReplyDeleteމިއާޓިކަލް އަކީ ވަރަށް ރަނގަޅު ޢިލްމީ މަޢުލުމާތު ހިމެނިފައިވާ ޝުޖާޢު ސާރ ފަދަ ފަންނީގޮތުންވެސް ފުރިހަމަ މިސާލެއް.
ReplyDeleteމި ލިޔުމަކީ ވަރަށް ރަނގަޅަށް މައުލޫމާތުހުރި އަދި މަޢުލޫމާތުތައް މޮޅަށް އަތުރާލެވިފައިވާ ވަރަށްމޮޅަށް ލިޔެފައިވާ ލިޔުމެއްކަން ފާހަގަވެއެވެ. މިފަދަ މޮޅު ލިޔުމެއް އަހަރެމެންނަށް ފޯރުކޮށްދިނީތީވެ އަހަރެމެންެ ކްލާހުގެ ރޫހް ޝުޖާއަށް ވަރަށްބޮޑަށް ޝުކުރިއްޔާ
ReplyDeleteމިލިޔުމުން ިލްޔާސް ޝުޖާޢު އަކީ މިކަމުގެ ތެރެއްށް ވަންމަވާފައި ވާ ބޭފުޅެއްކަނ އެގެއެވެ.
ReplyDeleteޢިލްމީ ޤާބިލް ލިޔުމެއްކަން ފާހަގަކުރަން. މަޒުމޫނުގެ އެތުރުންގަނޑު ވަރަށް ފުރިހަމަ. އަދި ބަސްމަގުގެ ފަށުއިކަމާއި އެމުނި އެތުރިފައިވާގޮތް ފާހަގަކުރަން. ކިޔާލަންފަސޭހަ ލިޔުމެއް. މިފަދަ ގިނަލިޔުންތަކެއް މި މުޖުތަމަޢުއަށް ލިޔެ ޕަބްލިޝް ކުރުމަށް އެދެން.
ReplyDeleteވަރަށް ފުރިހަމަ ލިޔުމެއް އަދި ވަރަށް ގިނަ އައު މައުލޫމަތު މިއާރޓިކަލް ކިޔާލުމުން ލިބިއްޖެ
ReplyDeleteއަޅުގަނޑު ވަރަށް ބޭނުންވި ލިންކްތަކެއް އެކުލަވާލާފައިވާ އާޓިކަލް އެއް.. އެހާމު ފުރިހަމަ މަޢުލޫމާތުތަކެއް. ماشاءالله!
ReplyDeleteވަރަށް މުހިންމު މައުލޫމާތު ތަކެއް ލިބެއްޖެ
ReplyDeleteOnline koh kiyavan dheveyne maguthakeh dhahkavai dhehveethee shukuriyya! hurihaa gothakunves varah baraabaru liyumeh!
ReplyDeleteދުރުންދޭ ތަޢުލީމް ފެށިގެން އައިގޮތާއި އޮންލައިންކޮށް ކިެވުން ފެށުނުހިސާބާއިއެކަން ތަރައްޤީގެފައިވާ މިންވަރާއި އޭގެފައިދާތަކަށް ވަރަށް ޢިލްމީގޮތެއްގައި ބަލައިލެވިފައިވާ ލިއުމެއްކަންފާހަގަކުރެވެއެވެ.
ReplyDeleteކިޔާލާހިތުން އިންދާ ނިމިއްޖެ! އިތުރަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް މުޙިއްމު ފުރުޞަތުތަކަކަށް މި ލިއުމުން ދޮރުހުޅުވިއްޖެ!
ReplyDeleteހިލޭނުވަތަ ކުޑައގެއްގައި ކިޔެވައިދޭ ސައިޓްތަކާބެހޭ ފުރިހަމަ މައުލޫމާތުހިމެނޭ ފުރިހަމަ ލިުމެއްކަން ފާހގަކުރަން-- އަދި ބޭނުން ވާފަރާތަކަށާް މިލުޔުމުގައި ހިމެނޭ ސައިޓް ތަކަށް ފަސޭހައިން ވަދެވޭނެ ގޮތަށް ހަދާފައިވާކަން ފާހގަ ކުރަމެވެ
ReplyDeleteހިލޭނުވަތަ ކުޑައގެއްގައި ކިޔެވައިދޭ ސައިޓްތަކާބެހޭ ފުރިހަމަ މައުލޫމާތުހިމެނޭ ފުރިހަމަ ލިުމެއްކަން ފާހގަކުރަން-- އަދި ބޭނުން ވާފަރާތަކަށާް މިލުޔުމުގައި ހިމެނޭ ސައިޓް ތަކަށް ފަސޭހައިން ވަދެވޭނެ ގޮތަށް ހަދާފައިވާކަން ފާހގަ ކުރަމެވެ
ReplyDeleteވަރަށް ބޮޑަށް ދިރާސާ ކޮށްގެން ލިޔެފައިވާ ލިޔުމެއްކަން ފާހަގަ ކޮށްލަމެވެ. އަދި ހަމަ އެއާއެކު މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް އެސައިޓަކާބެހޭ ލިންކު ލާފައިވުމުން އިތުރަށް ފުރިހަމަވިކަން ފާހަގަކޮށްލަމެވެ.
ReplyDeleteވަރަށް ބޮޑަށް ދިރާސާ ކޮށްގެން ލިޔެފައިވާ ލިޔުމެއްކަން ފާހަގަ ކޮށްލަމެވެ. އަދި ހަމަ އެއާއެކު މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް އެސައިޓަކާބެހޭ ލިންކު ލާފައިވުމުން އިތުރަށް ފުރިހަމަވިކަން ފާހަގަކޮށްލަމެވެ.
ReplyDelete