Tuesday, November 17, 2015

ޒަމާނީ ކްލާސްރޫމް ޓެކްނޮލޮޖީތައް


ލިޔުނީ: މަރިޔަމް ޝާދިން

            ބަދަލުވަމުން މިދާ ދުނިޔޭގައި މިހާރު ހިނގަމުން މިދާ ކަންކަން މިދަނީ ދުވަހެއް ދުވަހަކަށް ތަރައްޤީވެ ކުރިއަރަމުންނެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ފަސޭހަވެ ވަގުތު ސަލާމަތްވަމުންނެވެ. އާންމު ދިރިއުޅުމުގެ ކަންކަމާއި، ވަޒީފާ ނުވަތަ    މަސައްކަތް ކުރާ ދާއިރާވެސް މިދަނީ ކުރިއަރާ ފަސޭހަވަމުންނެވެ. ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ބަވަނަވަމުން މިދާ ދުނިޔެއަށް އަންނަނީ އިތުރަށް ތަރައްޤީވެ ހައްޓަށް ފަސޭހަވަމުންނެވެ. އަޅުގަނޑު ބަލާލާނީ މިހާރު އެންމެ ހަލުވިކަމާއި އެކު ކުރިއަރަމުން މިދާ ޒަމާނީ ސްކޫލް ކްލާސްރޫމް އަދި ޓކެނޮލޮޖީއަށެވެ.
މޮޑާން ސްކޫލް ނުވަތަ ޒަމާނީ ސްކޫލަކީ މިހާރު މުޅި ދުނިޔޭގައި އެންމެ ކުރިއަރަމުންދާ ތަޢުލީމުގެ ފެންވަރު އެންމެ ރަނގަޅު ތަންތަނެވެ. މިތަންތަނުން ދަރިވަރުންނަށް އެކުދީނަށް އެންމެ އެކަށީގެންވާ ގޮތަށް ތަޢުލީމު ދެއެވެ. ހަމައެހެންމެ މިފަދަ ސްކޫލްތަކަކީ އެދީންގެ ލެވެލްއިން އެކުދީންނަށް އެކަށީގެންވާ ތަޢުލީމް ލިބިދެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ސްކޫލްތަކެވެ. ޒަމާނީ ކްލާސްރޫމްއެއްގަ ހުންނަ ޓެކްނޮލޮޖީތަކަށް ބަލާލަމާ ހިނގާށެވެ.




މޮޑާން ސްކޫލެއްގައި ހުންނާނެ ސިފަތައް:

*ސްޓޫޑެންޓް ސެންޓަރ: މީގައި ހަރަކާތްތެރިވާނީ ދަރިވަރުންނެވެ. އަދި މަސައްކަތް ކުރާނީވެސް ދަރިވަރެވެ. ޓީޗަރުގެ ޒިންމާއަކީ ހަމައެކަނި ދަރިވަރުންނަށް ދާންވީ މަގު ދައްކާދިނުމެވެ. ނުވަތަ ގައިޑް ކޮށްދިނުމެވެ.  އަދި ދަރިވަރުންގެ ތެރޭގައި މައްސަލައެް ޖެހިއްޖެ ޙާލަތެއްގައިވެސް ޓީޗަރުގެ ދައުރަކީ އެދަރިވަރުންނަށް އެކަން ޙައްލުކުރާނެ މަގުދައްކާދިނުމެވެ. ނަމަވެސް މައްސަލަ ޙައްލުކުރާނީ ދަރިވަރުން އެކަންޏެވެ.

*ކޮމްޕިޔުޓިން ޑިވައިސް: ދަރިވަރުން މިހާރު ނޯޓުކުރަން މިގެންގުޅޭ ފޮތުގެ ބަދަލުގައި ގެންގުޅޭނީ ކޮމްޕިޔުޓަރ ނުވަތަ ލެޕްޓޮޕް، ޓބްލެޓް ނުވަތަ އައިޕެޑް، ފޯނު ފަދަ ޓެކްނޮލީތަކެވެ. މީގެ ސަބަބުން ދަރިވަރުން ގަލަމުން ލިޔުމަށް އެ އުފުލާބުރަ އާއި އެހޭދަވާ ވަގުތު ސަލާމަތްވެ އުނގެނުމުގައި ފަސޭހަވެ ޝައުޤުވެރިކަން އިތުރުވެގެންދާކަމުގައި ފާހަގަ ކުރެވެއެވެ. އަދި އައު ޓެކްނޮލޮޖީތަކަސް ދަރިވަރުން ހޭލުންތެރިވެގެން ދެއެވެ.

*އެކްޓިވް ލާރނިންގް: މިފަދަ ލާރނިންގް ތަކުގައި ޓެކްނޮލޮޖީތައް ބޭނުންކުރުމުގެ ބަދަލުގައި ބޮޑަށް ބަލާނީ ދަރިވަރުންގެ ހުނަރުވެރިކަން އިތުރުކޮށް ޢިލްމީގޮތުންނާއި އަޚްލާޤީގޮތުން ދަރިވަރުން ކުރިއެރުވުމެވެ. އަދި މުޖްތަމަޢުގެ ކަންކަމުގައި ޙަރަކާތްކުރުވައި ޢަމަލީގޮތުން ދަރިވަރުން އެކަންކަމުގައި ގެންގުޅުމެވެ.

*އެޑެޕްޓިވް ލާރނިންގް: މިއީ ތަފާތު ދަރިވަރުން އެކުދިންގެ ލެވެލް އިން ދަސްކޮށްދިނުމެވެ. މީގައި އެކުދިން ދަސްކުރާނީ އެކުދިންގެ ލެވެލްއާއި އެއްވަރަށް އެކުދީންގެ ސްޕީޑުންނެވެ. މިކަންކަމަށް ޙާއްޞަކުރެވިގެންވާ ސޮފްޓުވެއަރ ތަކެއްވެސް ބޭނުންކުރެވެއެވެ.

*ކްލާސްރޫމް އެންވަޔަރމެންޓު: މިއީ މޮޑާން ސްކޫލްގެ ނުވަތަ ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައިވާ ސްކޫލެއްގައި ހުންނަންވީ އެންމެ މުހިންމު ސިފައެވެ. ދަރިވަރުން ކިޔަވާ ކްލާސްރޫމަކީ އެކުދީންނަށް އެންމެ އެކަށީގެނަވާ ތަނެއްކަމުގައި ހެދުމެވެ. އެއީ މިފަދަ ޒަމާނެއްގައިނަމަ ފަންކާގެ ބަދަލުގައި އޭސީ، ނުވަތަ ވައިޓްބޯޑުގެ ބަދަލުގައި ސްމާޓްބޯޑު، އަދި ގެންގުޅޭ ބަރު ބޮޑެތި ފޮތްތަކުގެ ބަދަލުގައި ކޮމްޕިޔުޓަރ ނުވަތަ ލެޕްޓޮޕް ނުވަތަ އައިޕެޑް ކަހަލަ ތަކެތި ބޭނުންކޮސްގެން ކިޔަވައިދިނުމެވެ. އަދި ކްލާސްރޫމްގައި ބޭނުންކުރެވޭ ޓެކްނޮލޮޖީތަކަކީ ޒަމާނާއި އެއްފެންވަރެއްގެ ތަކެތިތޯވެސް ބެލުމަކީ ވަރސް މުހިންމު ކަމެކެވެ.

     އާދެ! އަޅުގަނޑުމެންވެސް މަސައްކަތްކުރަންވީ އަޅުގަނޑުމެންގެ ސްކޫލަކީ ޒަމާނީގޮތުން ކުރިއަރާފައިވާ އައު ފަސޭހަ ޓެކްނޮލީތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށާއި، ކިޔަވައިދެވޭ މާހައުލަކީ އެކުދީންނަށް ކޮމްފަޓަބަލް ތަނަކަށް ހެދުމަށެވެ. އަދި ލިބިދޭ ކުޑަވަގުތުގައި މުދައްރިސް އަށްވުރެ ބޮޑަށް ދަރިވަރުން ބައިވެރިކޮށްގެން އުނަގްނާދެވޭނެ ފަސޭހަގޮތްތައް ދަސްކުރުމަށެވެ. މިއީ އަޅުގަނޑުމެންގެ ކުރިއަރަމުން މިދާ އައު ޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމަށް ލިބިގެންދާނެ ފަސޭހައަކާއި ކުރިއެރުމެކެވެ.



ތައްޔާރުކުރީ: މަރިޔަމް ޝާދިން (277218A)

13 comments :

  1. ފުރިހަމަ ލިޔުމެއް. ލިޔުން އިތުރަށް ފުރިހަމަ ކޮށްލުމަށްޓަކައި ގުޅޭ ފޮޓޯ ހިމަނާލުން ރަނގަޅު.

    ReplyDelete
  2. ޓެކްނޮލޮޖީއާނުލާ މިހާރުގެ ކްލާސްރޫމެއް ފުރިހަމ ނުވާނެ ދެއްތޯ ޝާދިން.. އެފަދަ ކްލާސްރޫމެއްގައި ކިޔަވާލާހިތުން ކުދިން ކިޔަވާނެ ކަމަށް ފެނޭ.. އެކަމަށް މިއާޓިކަލް ބާރުއަޅަނީ.. ماشاءالله! ވ ފުރިހަމަ ލިޔުންކޮޅެއް.

    ReplyDelete
  3. ވަރަށް މުހިންމު މައުލޫމާތު ތަކެއް ލިބެއްޖެ

    ReplyDelete
  4. މުޙިއްމު މައުލޫމާތުތަކެއް ހިމެނޭ ލިއުމެއް.

    ReplyDelete
  5. މުޙިއްމު މައުލޫމާތުތަކެއް ހިމެނޭ ލިއުމެއް.

    ReplyDelete
  6. އެންމެ ފަހުގެ ކްލާސް ރޫމް އެއްގައި ހިމަނަން ވީ ކަންތައް ވަރަށް ފުރިހަމަ އިށް އަތުރާ ލެވިފާ އެބަހުއްޓެވެ

    ReplyDelete
  7. އެހެން ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވާގިތަށް މީ ހަމަ ވަރަށް ފުރިހަމަ ޒަމާނީ ކުލާސްރޫމެއްގައި ހުނަށް ޖެހޭ ފުރިހަމަ މައުލޫމާތު މިލުމުގައި ވެސް ވާކަން ފާހަގަ ކުރަމެވެ.

    ReplyDelete
  8. އެހެން ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވާގިތަށް މީ ހަމަ ވަރަށް ފުރިހަމަ ޒަމާނީ ކުލާސްރޫމެއްގައި ހުނަށް ޖެހޭ ފުރިހަމަ މައުލޫމާތު މިލުމުގައި ވެސް ވާކަން ފާހަގަ ކުރަމެވެ.

    ReplyDelete
  9. ޒަމާނީ / ސްކޫލް ކުލާސް ރޫމްގައި ބޭނުންކުކާ ވަސީލަތްތަކުގެ ތެރެއިން ވަރަށް މަދު ބާވަތްތަކެއް ތަފްޞީލް ކޮށްދީފައިވަނީ. އަދި މަޒުމޫނު ތަންކޮޅެއް ކުރުކަމަށް ފާހަގަ ކުރަން. އަދި ފޮޅުވަތްތައް ގާތްކަމުގެ ސަބަބުން މަޒުމޫނު ކިޔަން ފުދޭވަރަކަށް އުނދަގޫކަން ފާހަގަކުރެވުނު.

    ReplyDelete
  10. ޢިލްމީ ގޮތުން މުއްސަދި ލޭއައުޓު ވަރަށް ރީތި އާޓިކަލެއް

    ReplyDelete
  11. ޢިލްމީ ގޮތުން މުއްސަދި ލޭއައުޓު ވަރަށް ރީތި އާޓިކަލެއް

    ReplyDelete
  12. ވަރަށްފުރިހަމަ ލިޔުމެއް މިސް ޝާދިން

    ReplyDelete
  13. ވަރަށްފުރިހަމަ ލިޔުމެއް މިސް ޝާދިން

    ReplyDelete

ތިޔަ ބޭފުޅުން ދެއްވާ ، ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ދަންނަވަމެވެ.