ލިޔުނީ: މަރިޔަމް ޝާދިން
ބަދަލުވަމުން
މިދާ ދުނިޔޭގައި މިހާރު ހިނގަމުން މިދާ ކަންކަން މިދަނީ ދުވަހެއް ދުވަހަކަށް
ތަރައްޤީވެ ކުރިއަރަމުންނެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ފަސޭހަވެ ވަގުތު
ސަލާމަތްވަމުންނެވެ. އާންމު ދިރިއުޅުމުގެ ކަންކަމާއި، ވަޒީފާ ނުވަތަ މަސައްކަތް ކުރާ ދާއިރާވެސް މިދަނީ ކުރިއަރާ
ފަސޭހަވަމުންނެވެ. ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ބަވަނަވަމުން މިދާ ދުނިޔެއަށް
އަންނަނީ އިތުރަށް ތަރައްޤީވެ ހައްޓަށް ފަސޭހަވަމުންނެވެ. އަޅުގަނޑު ބަލާލާނީ
މިހާރު އެންމެ ހަލުވިކަމާއި އެކު ކުރިއަރަމުން މިދާ ޒަމާނީ ސްކޫލް ކްލާސްރޫމް އަދި
ޓކެނޮލޮޖީއަށެވެ.
މޮޑާން ސްކޫލް ނުވަތަ ޒަމާނީ
ސްކޫލަކީ މިހާރު މުޅި ދުނިޔޭގައި އެންމެ ކުރިއަރަމުންދާ ތަޢުލީމުގެ ފެންވަރު
އެންމެ ރަނގަޅު ތަންތަނެވެ. މިތަންތަނުން ދަރިވަރުންނަށް އެކުދީނަށް އެންމެ
އެކަށީގެންވާ ގޮތަށް ތަޢުލީމު ދެއެވެ. ހަމައެހެންމެ މިފަދަ ސްކޫލްތަކަކީ އެދީންގެ
ލެވެލްއިން އެކުދީންނަށް އެކަށީގެންވާ ތަޢުލީމް ލިބިދެވޭ ގޮތަށް ފަރުމާ
ކުރެވިފައިވާ ސްކޫލްތަކެވެ. ޒަމާނީ ކްލާސްރޫމްއެއްގަ ހުންނަ ޓެކްނޮލޮޖީތަކަށް
ބަލާލަމާ ހިނގާށެވެ.
މޮޑާން ސްކޫލެއްގައި ހުންނާނެ ސިފަތައް:
*އެކްޓިވް
ލާރނިންގް: މިފަދަ ލާރނިންގް ތަކުގައި
ޓެކްނޮލޮޖީތައް ބޭނުންކުރުމުގެ ބަދަލުގައި ބޮޑަށް ބަލާނީ ދަރިވަރުންގެ
ހުނަރުވެރިކަން އިތުރުކޮށް ޢިލްމީގޮތުންނާއި އަޚްލާޤީގޮތުން ދަރިވަރުން
ކުރިއެރުވުމެވެ. އަދި މުޖްތަމަޢުގެ ކަންކަމުގައި ޙަރަކާތްކުރުވައި ޢަމަލީގޮތުން
ދަރިވަރުން އެކަންކަމުގައި ގެންގުޅުމެވެ.
*އެޑެޕްޓިވް ލާރނިންގް: މިއީ ތަފާތު
ދަރިވަރުން އެކުދިންގެ ލެވެލް އިން ދަސްކޮށްދިނުމެވެ. މީގައި އެކުދިން ދަސްކުރާނީ
އެކުދިންގެ ލެވެލްއާއި އެއްވަރަށް އެކުދީންގެ ސްޕީޑުންނެވެ. މިކަންކަމަށް
ޙާއްޞަކުރެވިގެންވާ ސޮފްޓުވެއަރ ތަކެއްވެސް ބޭނުންކުރެވެއެވެ.
*ކްލާސްރޫމް އެންވަޔަރމެންޓު: މިއީ މޮޑާން
ސްކޫލްގެ ނުވަތަ ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައިވާ ސްކޫލެއްގައި ހުންނަންވީ އެންމެ
މުހިންމު ސިފައެވެ. ދަރިވަރުން ކިޔަވާ ކްލާސްރޫމަކީ އެކުދީންނަށް އެންމެ
އެކަށީގެނަވާ ތަނެއްކަމުގައި ހެދުމެވެ. އެއީ މިފަދަ ޒަމާނެއްގައިނަމަ ފަންކާގެ
ބަދަލުގައި އޭސީ، ނުވަތަ ވައިޓްބޯޑުގެ ބަދަލުގައި ސްމާޓްބޯޑު، އަދި ގެންގުޅޭ ބަރު
ބޮޑެތި ފޮތްތަކުގެ ބަދަލުގައި ކޮމްޕިޔުޓަރ ނުވަތަ ލެޕްޓޮޕް ނުވަތަ އައިޕެޑް ކަހަލަ
ތަކެތި ބޭނުންކޮސްގެން ކިޔަވައިދިނުމެވެ. އަދި ކްލާސްރޫމްގައި ބޭނުންކުރެވޭ
ޓެކްނޮލޮޖީތަކަކީ ޒަމާނާއި އެއްފެންވަރެއްގެ ތަކެތިތޯވެސް ބެލުމަކީ ވަރސް މުހިންމު
ކަމެކެވެ.
އާދެ! އަޅުގަނޑުމެންވެސް
މަސައްކަތްކުރަންވީ އަޅުގަނޑުމެންގެ ސްކޫލަކީ ޒަމާނީގޮތުން ކުރިއަރާފައިވާ އައު
ފަސޭހަ ޓެކްނޮލީތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށާއި، ކިޔަވައިދެވޭ މާހައުލަކީ
އެކުދީންނަށް ކޮމްފަޓަބަލް ތަނަކަށް ހެދުމަށެވެ. އަދި ލިބިދޭ ކުޑަވަގުތުގައި
މުދައްރިސް އަށްވުރެ ބޮޑަށް ދަރިވަރުން ބައިވެރިކޮށްގެން އުނަގްނާދެވޭނެ
ފަސޭހަގޮތްތައް ދަސްކުރުމަށެވެ. މިއީ އަޅުގަނޑުމެންގެ ކުރިއަރަމުން މިދާ އައު
ޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމަށް ލިބިގެންދާނެ ފަސޭހައަކާއި ކުރިއެރުމެކެވެ.
ތައްޔާރުކުރީ:
މަރިޔަމް ޝާދިން (277218A)



ފުރިހަމަ ލިޔުމެއް. ލިޔުން އިތުރަށް ފުރިހަމަ ކޮށްލުމަށްޓަކައި ގުޅޭ ފޮޓޯ ހިމަނާލުން ރަނގަޅު.
ReplyDeleteޓެކްނޮލޮޖީއާނުލާ މިހާރުގެ ކްލާސްރޫމެއް ފުރިހަމ ނުވާނެ ދެއްތޯ ޝާދިން.. އެފަދަ ކްލާސްރޫމެއްގައި ކިޔަވާލާހިތުން ކުދިން ކިޔަވާނެ ކަމަށް ފެނޭ.. އެކަމަށް މިއާޓިކަލް ބާރުއަޅަނީ.. ماشاءالله! ވ ފުރިހަމަ ލިޔުންކޮޅެއް.
ReplyDeleteވަރަށް މުހިންމު މައުލޫމާތު ތަކެއް ލިބެއްޖެ
ReplyDeleteމުޙިއްމު މައުލޫމާތުތަކެއް ހިމެނޭ ލިއުމެއް.
ReplyDeleteމުޙިއްމު މައުލޫމާތުތަކެއް ހިމެނޭ ލިއުމެއް.
ReplyDeleteއެންމެ ފަހުގެ ކްލާސް ރޫމް އެއްގައި ހިމަނަން ވީ ކަންތައް ވަރަށް ފުރިހަމަ އިށް އަތުރާ ލެވިފާ އެބަހުއްޓެވެ
ReplyDeleteއެހެން ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވާގިތަށް މީ ހަމަ ވަރަށް ފުރިހަމަ ޒަމާނީ ކުލާސްރޫމެއްގައި ހުނަށް ޖެހޭ ފުރިހަމަ މައުލޫމާތު މިލުމުގައި ވެސް ވާކަން ފާހަގަ ކުރަމެވެ.
ReplyDeleteއެހެން ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވާގިތަށް މީ ހަމަ ވަރަށް ފުރިހަމަ ޒަމާނީ ކުލާސްރޫމެއްގައި ހުނަށް ޖެހޭ ފުރިހަމަ މައުލޫމާތު މިލުމުގައި ވެސް ވާކަން ފާހަގަ ކުރަމެވެ.
ReplyDeleteޒަމާނީ / ސްކޫލް ކުލާސް ރޫމްގައި ބޭނުންކުކާ ވަސީލަތްތަކުގެ ތެރެއިން ވަރަށް މަދު ބާވަތްތަކެއް ތަފްޞީލް ކޮށްދީފައިވަނީ. އަދި މަޒުމޫނު ތަންކޮޅެއް ކުރުކަމަށް ފާހަގަ ކުރަން. އަދި ފޮޅުވަތްތައް ގާތްކަމުގެ ސަބަބުން މަޒުމޫނު ކިޔަން ފުދޭވަރަކަށް އުނދަގޫކަން ފާހަގަކުރެވުނު.
ReplyDeleteޢިލްމީ ގޮތުން މުއްސަދި ލޭއައުޓު ވަރަށް ރީތި އާޓިކަލެއް
ReplyDeleteޢިލްމީ ގޮތުން މުއްސަދި ލޭއައުޓު ވަރަށް ރީތި އާޓިކަލެއް
ReplyDeleteވަރަށްފުރިހަމަ ލިޔުމެއް މިސް ޝާދިން
ReplyDeleteވަރަށްފުރިހަމަ ލިޔުމެއް މިސް ޝާދިން
ReplyDelete